ދިވެހިރާއްޖެ
އިޢުލާން
ބަނބުކެޔޮގަސްތައް ވަރުވާއަށް ދޫކުރުން
ތިރީގައި ދެންނެވިފައިވާ ތަންތަނުގައި ހުރި ބަނބުކެޔޮގަސްތައް 2 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.
- އިޖުތިމާޢީ މަރުކަޒުގެ ގޯތި ތެރޭގައި ހުރި 2 ގަސް
- ބައު އިންޖީނުގެ އުތުރު ފަޅީގައި ހުރި 1 ގަސް
- މާޒު ގޯތީގެ އިރުމަތިން އޮތް ބިމުގައި ހުރި 1 ގަސް
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 30 މާރޗް 2022 ވާ ބުދަ ދުވަހުގެ 13:00 އަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 4009830 ފޯނަށް ގުޅުއްވުން އެދެމެވެ.
- ބަނބުކެޔޮ ގަސްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް /-2500 ރުފިޔާ އެވެ.
ހުށަހަޅުއްވައި ބިޑުގައި ތިރިގައިވާ ކަންކަން ހިމަނަންވާނެއެވެ.
- ބަނބުކެޔޮ ގަސްތައް ކުއްޔަށް ހިފުމަށް ހުށަހަޅާ ވަރުވާގެ އަގު (އަހަރުދުވަހަށް).
- ބަނބުކެޔޮ ގަސްތައް ދިރުވާ އާލާ ކުރުމަށް ކުރާނެ މަސައްކަތުގެ ތަފްސީލް.
- ބަނބުކެޔޮ ގަސްތަކުންލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ.
ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
- ހުށަހަޅާ އެންމެ ބޮޑު ކުލި (އަހަރުދުވަހަށް) 75%
- ބަނބުކެޔޮ ގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން
- ބަނބުކެޔޮ ގަސްތަކުންލިބޭ ތަކެތި ބޭނުން ކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
21 ޝައުބާން 1443