ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލްގެ ރުއްތައް ވަރުވާއަށް ދޫކުރުމާ ގުޅޭ
މިކައުންސިލްގެ ބެލުމުގެ ދަށުގައި، ރަށުގެ އެކިސަރަޙައްދުތަކުގައި ހުރި ރުއްތައް (228) ރުއް 2 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.
މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 30 މާރޗް 2022 ވާ ބުދަ ދުވަހުގެ 13:00 އަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 4009830 ފޯނަށް ގުޅުއްވުން އެދެމެވެ.
- ރުއްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް /-2500 ރުފިޔާ އެވެ.
ހުށަހަޅުއްވައި ބިޑުގައި ތިރިގައިވާ ކަންކަން ހިމަނަންވާނެއެވެ.
- ރުއްތައް ކުއްޔަށް ހިފުމަށް ހުށަހަޅާ ވަރުވާގެ އަގު (އަހަރުދުވަހަށް).
- ރުއްތައް ދިރުވާ އާލާ ކުރުމަށް ކުރާނެ މަސައްކަތުގެ ތަފްސީލް.
- ރުއްތަކުންލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ.
ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
- ހުށަހަޅާ އެންމެ ބޮޑު އަގު (އަހަރުދުވަހަށް) 75%
- ރުއްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން
- ރުއްރަކުންކުންލިބޭ ތަކެތި ބޭނުން ކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
21 ޝައުބާން 1443