ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު 2022 (ފުރަތަމަ އިޞްލާޙު)" ޢާންމުކުރުން

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު ގައި ބަޔާންކުރާ ޓާގެޓް/ޓާސްކުތަކަށް މާކްސްދިނުމުގެ މިންގަނޑު އިތުރަށް ހަރުދަނާކޮށް، ސިވިލް ސަރވިސްގެ ޚިދުމަތްދިނުމުގެ އަސާސްތަކާއި މިންގަނޑުތަކާ އެއްގޮތަށް މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމު ބައްޓަންކުރުމުގެ ބޭނުމުގައި، "ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު 2022" ގެ 12 ނަންބަރުގައި ބަޔާންކޮށްފައިވާ "ޓާގެޓް/ޓާސްކުތަކަށް މާކްސްދިނުމުގެ މިންގަނޑު" އިޞްލާޙުކޮށްފައިވާ ކަމުގައި ދަންނަވަމެވެ. މި ބަދަލާއެކު "ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު 2022 (ފުރަތަމަ އިޞްލާޙު)" މި ސަރކިއުލަރއާއެކު ޢާންމުކޮށް، 2022 އެޕްރީލު 01 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރާގޮތަށް ހަމަޖައްސާފައިވާ ކަމުގައި ދަންނަވަމެވެ. އަދި، މަސައްކަތުގެ ފެންވަރު ބެލުމުގެ އުޞޫލާ އެއްގޮތަށް މުވައްޒަފުންގެ 2022 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތްތައް ސީއެސްވިއުގަ ޕަރފޯމަންސް މެނޭޖްމަންޓް މޮޑިއުލް މެދުވެރިކޮށް ކުރިޔަށްގެންދެވޭނެ ގޮތްތައް ހަމަޖައްސައި، އެ ކަން އިދާރާތަކަށް އަންގާނެކަމުގައި ވެސް ދަންނަވަމެވެ.

ވުމާއެކު، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން މި ސަރކިއުލަރއާއެކު ޢާންމުކޮށްފައިވާ އުޞޫލަށް ފުރިހަމައަށް އަހުލުވެރިވުމަށް ދަންނަވަމެވެ. އަދި، މި އުޞޫލު މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމަށާއި، މި އުޞޫލަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވެ، މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް މި އުޞޫލާ އެއްގޮތަށް ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ. މަސައްކަތުގެ ފެންވަރުބެލުމާގުޅޭ އުޞޫލާއި، އެ އުޞޫލާގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ https://www.csc.gov.mv/Policy/Index/60 ލިންކުން އެކްސެސްވެވޭނެ ކަމުގައި ވެސް ދަންނަވަމެވެ.

24 މާރިޗު 2022
ހޯދާ