ދިވެހިރާއްޖެ
މަޤާމު:ލީޑިންގ ޓީޗަރ (ދާއިމީ)
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: ނޮޅިވަރަމް ސްކޫލް
ބޭނުންވާ އަދަދު: 01
އޮފީހުގެ ނަމާއި ރަށް: ނޮޅިވަރަމް ސްކޫލް، ހދ.ނޮޅިވަރަމް
ސެކްޝަން: އެކެޑެމިކް
ކްލެސިފިކޭޝަން: ޓީ.އެސް.އޯ 02 އާއި ޓީ.އެސް.އޯ 11 އާ ދެމެދު
ރޭންކް: އެމް.އެސް 1 އިން އީ.އެކްސް 6 އާ ދެމެދު
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރ |
ސާރވިސް އެލަވެންސް |
ޓްރައިންޑް ލީޑިންގ ޓީޗަރ |
MS1 |
ޓީޗިންގ ސާރވިސް އޮފިސަރ 2 |
- ޓީޗިންގ ސާރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/5610 |
-/2500 |
ގްރެޖްއޭޓް ލީޑިންގ ޓީޗަރ |
MS2 |
ޓީޗިންގ ސާރވިސް އޮފިސަރ 3 |
- ޓީޗިންގ ސާރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/6295 |
-/2500 |
ކޮލިފައިޑްލީޑިންގ ޓީޗަރ |
MS3 |
ޓީޗިންގ ސާރވިސް އޮފިސަރ 4 |
- ޓީޗިންގ ސާރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/7035 |
-/2500 |
MS4 |
ޓީޗިންގ ސާރވިސް އޮފިސަރ 5 |
- ޓީޗިންގ ސާރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/7875 |
-/2500 |
|
EX1 |
ޓީޗިންގ ސާރވިސް އޮފިސަރ 6 |
- ޓީޗިންގ ސާރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/8835 |
-/2500 |
|
EX2 |
ޓީޗިންގ ސާރވިސް އޮފިސަރ 7 |
- ޓީޗިންގ ސާރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/9890 |
-/2500 |
|
ސީނިއަރ ލީޑިންގ ޓީޗަރ |
EX3 |
ޓީޗިންގ ސާރވިސް އޮފިސަރ 8 |
- ޓީޗިންގ ސާރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/11065 |
-/2500 |
EX4 |
ޓީޗިންގ ސާރވިސް އޮފިސަރ 9 |
- ޓީޗިންގ ސާރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/12400 |
-/2500 |
|
EX5 |
ޓީޗިންގ ސާރވިސް އޮފިސަރ 10 |
- ޓީޗިންގ ސާރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/13890 |
-/2500 |
|
EX6 |
ޓީޗިންގ ސާރވިސް އޮފިސަރ 11 |
- ޓީޗިންގ ސާރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
-/15560 |
-/2500 |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ދަރިވަރުންނަށް ކިޔަވައިދިނުމާ ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން.
- ޓީޗަރުންގެ ލެސަން ޕްލޭންތައް ޗެކުކުރުމާއި، ކިޔަވައިދެއްވާ ގޮތް ބެލުން، އަދި ޓީޗަރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި އެކަމާގުޅޭ ފީޑްބެކް ދިނުން.
- ޓީޗަރުންގެ އެސެސްމެންޓުތަކާއި ޓެސްޓު ޕޭޕަރުތައް ޗެކުކޮށް ގެންނަން ފެންނަ ބަދަލުތައް ގެނެސް ޓެސްޓުތައް ކުރިއަށް ގެންދިއުން.
- ޓީޗަރުންގެ ފެންވަރުބަލާ ފޯމުތައް ސިވިލް ސަރވިސްއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފުރުމާއި ރިވިއު ކުރަމުން ގެންދިއުން.
- ދަރިވަރުންގެ ފެންވަރު މަތިކުރުމުގެ ގޮތުން ޙަރަކާތްތައް ރާވައި ހިންގުމާއި އެކަންކަމުގެ ރިކޯޑުތައް ބެލެހެއްޓުން.
- ޓީޗަރުންގެ ފެންވަރު މަތިކުރުމަށާއި ފަންނީ ޤާބިލުކަން ކުރިއެރުވުމަށް ޕްރޮގުރާމުތައް ރާވައި ހިންގުން.
- ދަރިވަރުން ސުލޫކީ މިންގަނޑުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުޞޫލުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމާއި، އެކަންކަމުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި މުދައްރިސުންނަށް އެހީތެރިވުން.
- ސްކޫލުގެ ވަޞީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް ދަރިވަރުންގެ ނަތީޖާ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
- ލީޑިންގ ޓީޗަރ ބަލަހައްޓަވާ ގްރޭޑުތަކަށް ލިބެމުންދާ ކުރިއެރުންތަކާއި ދިމާވާ މައްސަލަތައް ސްކޫލުގެ އިސްވެރިންނާ ހިއްސާކުރުމާއި، ސީނިއަރ މެނޭޖްމެންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވެ އެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުން.
- މީގެ އިތުރުން ވަޒީފާ ބަޔާނުގައި ކަނޑައެޅިފައިވާ މަސައްކަތްތައް ގަވާއިދާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރުން.
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު 2014 ސެޕްޓެންބަރު 07 އިން 2014 ސެޕްޓެންބަރު 11 އާ ދެމެދުގެ ތާރީޚެއްގައި ނޮޅިވަރަމް ސުކޫލުގައި އޮންނާނެއެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކަށެވެ.
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯން: 6520555
ފެކްސް: 6520097
މެއިލް އެޑްރެސް: [email protected]
ސުންގަޑި: ޝަރުޠު ހަމަވާ މީހުން 04 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ތަކެތި:
- ސިވިލް ސާރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (ފޯމު www.csc.gov.mv އިން ލިބެން ހުންނާނެއެވެ. އަދި ފޯމު ސްކޫލު އޮފީހުންވެސް ލިބެން ހުންނާނެއެވެ.)
- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުންތައް
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީ ގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
* މި މަޤާމަށް ހޮވޭ ފަރާތަށް ހަމަޖެހިފައިވާ އުސޫލުން މުސާރައާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
30 ޝައްވާލު 1435