މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން އެމްޓީސީސީ ޓަވަރ / ޕްރޮޖެކްޓް ސައިޓްތަކުގައި

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 17،000ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައި ވާނަމަ މަހަކު 2،500ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައި ވާނަމަ މަހަކު 1،500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • ސިވިލް އިންޖިނިއަރިންގ ، ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ކޮންސްޓްރަކްޝަންއާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް 07 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ
  • ސިވިލް އިންޖިނިއަރިންގ ، ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ކޮންސްޓްރަކްޝަންއާއި ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް 05 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެއްކޮށް މަދުވެގެން 01 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްއާއި އޮޓޯކޭޑްއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޕްލޭނިންގ ޓޫލްސްފަދަ  މައިކްރޮސޮފްޓް އޮފީސް ޕްރޮޖެކްޓް ވިސިއޯ/ޕްރިމަވެރާ އަށް ފަރިތަވުން.
  • ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއި އެކު ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމައުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.
  • ގިނަ ޕްރޮޖެކްޓްސްތައް ހިންގުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގާ ކުރިއެރުވުން، މިކަންކަން ކުރުމަށް އެހީތެރިވެދިނުމާއި އަދި މިމަސައްކަތް ހިގަމުންދާގޮތް ބެލުމާއި ކޯރޑިނޭޓްކުރުން އަދި  އެންމެހާ މަސައްކަތްކުރުމުގައި އިދާރީ ގޮތުންނާއި ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަންކުރުން.
  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

ޕްރޮޖެކްޓް މެނޭޖަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވަޜަން – އެމްޓީސީސީ ޓަވަރ

އަދަދު

02

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 26،000ރ – 27،000ރ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • ސިވިލް އިންޖިނިއަރިންގ ޕޮރޮޖެކްޓް މެނޭޖްމަންޓް ފަދަ ކޮންސްޓްރަކްޝަންއާއި ގުޅޭ ދާއިރާއަކުން ޑިގްރީ ފުރިހަމަކޮށްފައިވުމާއި އެކު  ޕްރޮޖެކްޓް ހިންގުމުގެ ދާއިރާއިން މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުތަޖުރިބާ ލިބިފައިވުން  ނުވަތަ
  • ސިވިލް އިންޖިނިއަރިންގ ޕޮރޮޖެކްޓް މެނޭޖްމަންޓް ފަދަ ކޮންސްޓްރަކްޝަންއާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ފުރިހަމަކޮށްފައިވުމާއި އެކު  ޕްރޮޖެކްޓް ހިންގުމުގެ ދާއިރާއިން މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުތަޖުރިބާ ލިބިފައިވުން 
  •  މައިކްރޮސޮފްޓް އޮފިސް ޕެކޭޖްއާއި އޮޓޯކޭޑްއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  •  ޕްލޭނިންގ ޓޫލްސްފަދަ  މައިކްރޮސޮފްޓް އޮފީސް ޕްރޮޖެކްޓް ވިސިއޯ/ޕްރިމަވެރާ އަށް ފަރިތަވުން.
  •  ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމައުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.
  •  ގިނަ ޕްރޮޖެކްޓްސްތައް ހިންގުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

އެސިސްޓެންޓް ކުއަންޓިޓީ ސަރވޭޔަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވަޜަން – އެމްޓީސީސީ ޓަވަރ

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 16،000ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައި ވާނަމަ މަހަކު 2،500ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައި ވާނަމަ މަހަކު 1،500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • ކުއަންޓިޓީ ސަރވޭއިންގ ނުވަތަ އެކައުންޓިންގ، ފައިނޭންސް ފަދަ މަގާމާއި ގުޅޭދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ
  • ކުއަންޓިޓީ ސަރވޭއިންގ ނުވަތަ އެކައުންޓިންގ، ފައިނޭންސް މަގާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުނ މަދުވެގެން 01 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ކުއަންޓިޓީ ސަރވޭއިންގ ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ސަރވިސް އިންޖިނިއަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވަޜަން – އެމްޓީސީސީ ޓަވަރ

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 17،000ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައި ވާނަމަ މަހަކު 2،500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • ސިވިލް އިންޖިނިއަރިން ފަދަ މަގާމާއި ގުޅޭދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު ކޮންސްޓްރަކްޝަން އާއި ގުޅުން ހުރި  އިންޖިނިއަރިން މަސައްކަތުގެ ދާއިރާއިން މަދުވެގެން  02 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ސީނިއަރ ބިޒްނަސް ޑެވެލޮޕްމެންޓް އޮފިސަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އެޑްމިނިސްޓްރޭޝަން ޑިވަޜަން – އެމްޓީސީސީ ޓަވަރ

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 11،490ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައި ވާނަމަ މަހަކު 2،500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • ބިޒްނަސް ދާއިރާއަކުން (އެކައުންޓިންގ ނުވަތަ ފައިނޭނެން) ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން  02 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

     

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2022 މާރިޗު 31 ވަނަ ދުވަހުގެ 00:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2022 އެޕްރީލް 03 ން 2022 އެޕްރީލް 20 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކާއިއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

23 މާރިޗު 

23 މާރިޗު 2022
ހޯދާ