މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
09 ބާވަތެއްގެ ފޮތް ޗާޕްކުރުން

އިޢުލާން

މިމިނިސްޓްރީން ޗާޕްކުރަން ބޭނުންވާ 09 ބާވަތެއްގެ ފޮތް ޗާޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ބޭފުޅުންނަށް މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2022 މާރިޗް 26 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 މާރިޗް 30 ވާ ބުދަ ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2022 މާރިޗް 28 ވާ ހޯމަ ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020261  3020244, ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

23 މާރިޗު 2022
ހޯދާ