މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގާ ބައެއް ހޮސްޕިޓަލް އަދި ޞިއްޙީމަރުކަޒުތަކުގެ އެކްސްޓެންޝަން އިމާރާތްތަކަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

                      އިޢުލާން

 

މި މިނިސްޓްރީގެ ދަށުން ހިނގާ ބައެއް ހޮސްޕިޓަލް އަދި ޞިއްޙީމަރުކަޒުތަކުގެ އެކްސްޓެންޝަން އިމާރާތްތަކަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.  

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް  23 މާރިޗު 2022 ބުދަ ދުވަހުން ފެށިގެން 03 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  06 އޭޕްރިލް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހު މެންދުރު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

                          20 ޝައުބާން 1443

23 މާރިޗު 2022
ހޯދާ