ދިވެހިރާއްޖެ
ތެޔޮ ވިއްކުމަށް މިރަށު ބަނދަރުން ބިންދޫކުރުން
މިކައުންސިލްގެ ނަމްބަރ (IUL)312-MS/312/2022/19 (16 މާރިޗް) ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ސައުގުވެރިކަން ފާޅުކޮށް އަންދާސީ ހިސާބު ހުށައަޅުއްވާފައި ނުވާތީ ، އެއިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ. މިއީ މިކަމަށް އެދި ކުރެވުނު ދެވަނަ އިއުލާނެވެ.
ވީމާ، މިރަށު ބަނދަރު ސަރަހައްދުން ތެޔޮވިއްކުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 މާރިޗް 2022 ވާ ބުދަ ދުވަހުގެ މެންދުރު 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަހައްދު |
ބިން ކުއްޔަށް ދޫކުރެވޭ މުއްދަތު |
ބިމުގެ ބާވަތް |
ބިމުގެ ބޮޑުމިން |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
ރ.ކިނޮޅަހު ބަނދަރުގެ އިރުގައި |
30 އަހަރު |
ތެޔޮވިއްކާ |
1386 އަކަފޫޓު |
އަކަފޫޓަކަށް މަހަކު 1 ރުފިޔާ |
ވިޔަފާރީގެ ތައާރަފެއް
ބިން ކުއްޔަށް ހިފަންބޭނުންވާ ވިޔަފާރީގެ ތައާރަފެއް ޕްރޮޕޯސަލް ހިމެނުމަށް
ބިން ތަރައްޤީކުރުން
ބިން ލިބިއްޖެނަމަ އެ ބިން ތަރައްޤީކުރާނެ ގޮތާއި ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފާ ފަރާތަކުން އިޖުތިމާޢީ ގޮތުން ކޮށްދޭނެ ކަންތައް:-
ބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަމެއްގެ ގޮތުގައި ކައުންސިލްގެ ޕްރީ ސަކޫލު , ޤްރުއާން ކުލާސް އަދި ވޭސްޓް މެނޭޖްމެންޓް ސެންޓަރ އަށް ކަމެއް ކޮށްދިނުމަށް ހިމެނުމަށް.
ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:-
ބިން ކުއްޔަށް ހިފާ ފަރާތަކުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް
ވިޔަފާރި ރަޖިސްޓްރީ ކޮޕީ
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސް ދެވޭނެ ކްރައިޓީރިއާ |
މާކްސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅާ މަހުކުއްޔަށް |
80% |
|
ބިން ތަރައްޤީކޮށް ހުށަހަޅާ ގޮތައް |
10% |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
10% |
|
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އަޢުލާން ކުރީމެވެ.
މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 30 މާރިޗް 2022ދުވަހުގެ މެންދުރު ކުރި 11:00ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ.އަދި ސިޓީ އުރާގެ ބޭރުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު އަދި އިއުލާން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.