ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމަށް ބާއްވާ ކުރެހުމާއި ފޮޓޯ ނެގުމުގެ މުބާރާތް

2021 ވަނަ އަހަރުގެ އޯޒޯން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އިންކުރެހުމާއި، ފޮޓޯ ނެގުމުގެ މުބާރާތެއް ވަނީ ފަށާފައެވެ. މި މުބާރާތުގެ މައިގަނޑު މަޤުޞަދަކީ އޯޒޯން ފަށަލައަށާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. 02 އުމުރު ފުރާއަކަށް (15 އަހަރުން ދަށުގެ އުމުރުފުރާ އަދި 15 އަހަރުން މަތީގެ އުމުރުފުރާ) ބަހާލެވިގެން ބޭއްވޭ މި މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ ގްރެފިކް ޑިޒައިން، ކުރެހުމާއި އަދި ފޮޓޯގްރަފީއެވެ.

މި މުބާރާތުގައި ބައިވެރިކުރަން ބޭނުންވާ އުފެއްދުންތައް ހުށަހަޅުއްވަން ވާނީ އޮންލައިންކޮށް www.ozone2climate.org  މި ވެބްސައިޓް މެދުވެރިކޮށެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު ވެސް މި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި މުބާރާތައް ތަކެތި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  [email protected]   އަށް އީމެއިލް ކޮއްދެއްވާ ނުވަތަ 3018361 ނަންބަރާ ގުޅުއްވާ.

 ވީމާ މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ގދ.ފިޔޯރީ ހުރިހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

23 މާރިޗު 2022
ހޯދާ