ދިވެހިރާއްޖެ
ކައުންސިލް އިދާރާގައި ފާޚާނާއަކާއި ފެންޑާއެއް އިމާރާތްކުރުން
މިއިދާރާގެ ނަންބަރ (I)288/2022/036 (9 މާރޗް 2022) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި އިދާރާއިން މައިގަނޑު ތަކެތި ދިނުމުން އިތުރަށް ބޭނުންވާ ތަކެތި މަސައްކަތްކުރާ ފަރާތުން ހޯދައިގެން މަސައްކަތްކުރާ ގޮތަށް، މި އިދާރާގައި ދެ ފާޚާނާއާއި ފެންޑާއެއް އިމާރާތްކޮށްދޭނޭ ބަޔަކު ހޯދާން ބޭނުންވެއެވެ.
ވީމާ މި މަސައްކަތްކޮށްދޭން އެދޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2022 މާރިޗު 27 ވާ އާދީއްތަ ދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެނެވެ.
https://forms.gle/zq1koaNZkvkbVZC58
މަސައްކަތާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ގަޑިތަކުގައި ކުރިއަށް ދާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
27 މާރިޗު 2022 (އާދީއްތަ) މެންދުރު ފަހު 1:00 |
ބީލަން ހުށަހެޅުމުގެ ބައްދަލުވުން |
31 މާރިޗު 2022 (ބުރާސްފަތި) މެންދުރު ފަހު 1:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ނަމަ، ކުންފުނީގެ/ ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީއެއް ހުށަހަޅާން ވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު ފޮނުވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
|
ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް (ޢަބްދުއްލަޠީފް މުޙައްމަދު، ކައުންސިލް އެގްޒެކެޓިވް): |
7753250 |
20 ޝަޢުބާން 1443ހ.
23 މާރިޗު 2022މ.