މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ތިލަފުށީ ވެސަލް ރިޕެއަރ ޔާރޑްގައި ފާޚާނަ ބަރިއެއް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ތިލަފުށީ ވެސަލް ރިޕެއަރ ޔާރޑްގައި ފާޚާނަ ބަރިއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

 ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފްކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ރަޖިސްޓަރީވުން

 29 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން މި ލިންކުން   (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް އީމެއިލްގެ ޒަރިއްޔާއިން   ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި   ނުގަނެވޭނެއެވެ.)

2.

ޕްރީބިޑް މީޓިންގ އަދި ސައިޓް އިންސްޕެކްޝަން

 ޕްރީބިޑް މީޓިންގ 30 މާރިޗް 2022 ވާ ބުދަ ދުވަހުގެ 14:00 އަށް އެމް.ޕީއެލް   ހެޑްއޮފީހުގައި.

 (ސައިޓްއިންސްޕެކްޝަން ކުރިޔަށްގެންދާނެ ވަގުތެއް ޕްރީބިޑް މީޓިންގ ގައި   ކަނޑައެޅޭނެއެވެ.  ޕްރީބިޑް އަދި ސައިޓްއިންސްޕެކްޝަން އަށް ހާޒިރުނުވާ   ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

3.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 11 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

 ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

4.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، ބިޑް ޑޮކިއުމަންޓް

 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

23 މާރިޗު 2022
ހޯދާ