ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮނަދޫ ކައުންސިލްގެ 01 ވަނަ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

ތާރީޚް:

20 މާރިޗު 2022

ނަންބަރު:

(IUL)401-E/401/2022/142

17 ޝަޢުބާން 1443

އިޢުލާނުގެ ވަނަ:

01

ފޮނަދޫ ކައުންސިލްގެ 01 ވަނަ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

މިކައުންސިލްގެ 01 ވަނަ ވޮލީ މުބާރާތް 05 އޭޕްރީލް 2022 (އަންގާރަ) ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްފައިވާ ލ. އަތޮޅުގެ ރަށްރަށަށް ނިސްބަތްވާ ކުލަބު ޖަމްޢިއްޔާ ތަކާއި ކައުންސިލްތަކުގެ ފިރިހެން ޓީމުތަކަށެވެ.

ބައިވެރިވުމުގެ ސުންގަޑި:

  • މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 31 މާރިޗު 2022 (ބުރާސްފަތި) ދުވަހުގެ 14:00 އެވެ.
  • §    މުބާރާތުގައި ބައިވެރިވުމަށްޓަކައި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ސުންގަޑި ހަމަވުމުގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ލިސްޓް ހުށަހެޅުމުގެ ސުންގަޑި:

  • §    މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމު ލިސްޓް ހުށަހެޅުމުގެ ސުންގަޑިޔަކީ 02 އޭޕްރީލް 2022 (ހޮނިހިރު) ދުވަހުގެ 14:00 އެވެ.
  • މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ސުންގަޑި ހަމަވުމުގެ ކުރިން ޓީމުލިސްޓް އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ތައްޔާރުކޮށް ހުށަހަޅަން ޖެހޭނެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ޓީމުލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާޢިދު މިކައުންސިލްގެ ވެބްސައިޓް www.fonadhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

 

 

 

 

 

 

 

 

 

20 މާރިޗު 2022
ހޯދާ