ދިވެހިރާއްޖެ
ފުވައްމުލަކު ކުރީގެ ރަސްމީދަނޑު ރަސްމީ ބޭނުންތަކަށާއި ޢާއިލާތައް އެއްވެ ހިތްއުފާކޮށްލާ މައިޒާނެއްގެ ގޮތަށް ތަރައްޤީކުރުމަށްޓަކައި މިއިދާރާއިން ދޭ މަޢުލޫމާތުގެ އަލީގައި ކޮންސެޕްޓެއް އެކުލަވާލަން ބޭނުންވެއެވެ. އަދި ފުވައްމުލަކު އެއަރޕޯޓާއި، ފުވައްމުލަކު ބަނދަރުގައި މަރުޙަބާ މޮނިއުމެންޓެއްގެ ކޮންސެޕްޓްވެސް އެކުލަވާލަން ބޭނުންވެއެވެ.
މިގޮތުން ރަސްމީ ދަނޑަށް އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށަހަޅާ ފަރާތަށް 10,000.00 ރުފިޔާގެ ފައިސާގެ އިނާމު، އަދި މަރުޙަބާ މޮނިއުމެންޓުގެ ކޮންސެޕްޓަށް 5,000.00 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ.
މިކަމާ ގުޅޭ މަޢުލޫމާތު 27 އޮގަސްޓު 2014 ވާ ބުދަ ދުވަހުން ފެށިގެން މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. https://www.facebook.com/visionfuvahmulah
ކޮންސެޕްޓް ހުށަހެޅުން |
07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00އަށް އީ-މެއިލުންނަމަ: [email protected] ކަރުދާހުން ހުށަހަޅާނަމަ: ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާގެ މީޓިންގރޫމަށް |
އީ-މެއިލުން ހުށަހަޅާނަމަ 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:55 ގެ ކުރިން މެއިލްކުރައްވައި މެއިލް ލިބުނުތޯ ޔަގީންކުރަންވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6865001 ނަންބަރު ފޯނާއެވެ.
30 ޝައްވާލު 1435