އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޖާގަ އިތުރުކޮށް މަރާމާތުކުރުމާއި، ކުލަ ދަވާދު ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޓުގެ ޖާގަ އިތުރުކޮށް މަރާމާތުކުރުމާއި، ކުލަ ދަވާދު ލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

މި ކޯޓުގެ ޖާގަ އިތުރުކޮށް މަރާމާތުކުރުމާއި، ކުލަ ދަވާދު ލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 04 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މި ކޯޓަށް ނުވަތަ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ސެޕްޓެންބަރު 11 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް އަންދާސީހިސާބު ހިއްޕަވައިގެން މަޢުލޫމާތު ސާފުކުރެއްވި މެޖިސްޓްރޭޓްކޯޓަކަށް ވަޑައިގެން ދެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކޯޓުން މިމަސައްކަތުގެ މަޢުލޫމާތު އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. މިދެންނެވި ފޯމު މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެލައްވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ.

މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސަބުތައް ކެނޑުން އިސްވެދެންނެވި ގަޑީގައި މި ކޯޓާއި އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. އަދި އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައި ނުގަނެވިއްޖެނަމަ ސިޓީއަކާއެކު ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވެވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކައާއި، އެއްފަރާތުން އެއް އަންދާސީހިސާބަށްވުރެ ގިނަ އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

މީގެއިތުރުން އަންދާސީހިސާބު ހުށަހަޅުއްވާއިރު ފަންނީގޮތުންނާއި، މާލީގޮތުން މިބާވަތުގެ މަސައްކަތްތައް ކުރެއްވުމުގެ ޤާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔުން ހުރިނަމަ އެލިޔުންތައް ހުށަހެޅުމަކީ މަސައްކަތް ޙަވާލުކުރުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތަށް ލިބިގެންދާނެ އިތުރުބާރެއްކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30  ޝައްވާލު  1435

26 އޮގަސްޓް 2014
ހޯދާ