ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެން، ނަރުދަމާ، ކުނި ނައްތާލުން އަދި ރަށުގެ ލޭންޑް ސްކޭޕް ޑިޒައިންކޮށް، އެޑިޒައިނާ އެއްގޮތަށް އެމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރު: TIC/TDP/2014/WSWL/01

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިރަށުގެ ފެން، ނަރުދަމާ، ކުނި ނައްތާލުން އަދި ރަށުގެ ލޭންޑް ސްކޭޕް ޑިޒައިންކޮށް، އެޑިޒައިނާ އެއްގޮތަށް އެމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މިކައުންސިލުން އިޢުލާން ކުރިފަހުން ބީލަން ފޮތަށް ބަދަލުތަކެއް ގެންނަން ޖެހިގެން މިއިދާރާއިން ކުރި ނަންބަރު: 2/2014/PRIV/358ފ(IUL)ފ(14 އޮގަސްޓު 2014 ) އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

  1. މިރަށުގެ ފެން، ނަރުދަމާ، ކުނި ނައްތާލުން އަދި ރަށުގެ ލޭންޑް ސްކޭޕް ޑިޒައިންކޮށް، އެޑިޒައިނާ އެއްގޮތަށް އެމަސައްކަތްކުރާނެ ފަރާތެއް މިކައުންސިލުގެ ފަރާތުން ހޯދަން ބޭނުންވެއެވެ. މިމައްސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަކަށް ހުޅުވާލަމެވެ.
  2. މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިޕްރޮޖެކްޓްގެ ބީލަން ފޮތް 27 އޮގަސްޓު 2014 އިން 04 ސެޕްޓެންބަރު 2014 ދުވަހުގެ ނިޔަލަށް ރަސްމީ ގަޑީގައި މިއިދާރާއާއި މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  3. މިމަޝްރޫޢާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ އީމެއިލް އެޑްރެސް [email protected] އަށް އެސުވާލެއް ފޮނުއްވުން އެދެމެވެ.
  4. މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 25 ސެޕްޓެންބަރު 2014 ދުވަހުގެ 13:30 އަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ބީލަން ހުށަހަޅަންވާނެއެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 25 ސެޕްޓެންބަރު 2014 ދުވަހު 14:00 ގައި މާލޭ ސިޓީ ކައުންސިލުގެ އިދާރާގައެވެ.
  6. މިމަޝްރޫޢަށް ކައުންސިލްގެ އިދާރާއިން ދިނުމަށް ހަމަޖެހިފައިވާ އިނާޔަތްތަކާއި، އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

27 އޮގަސްޓް 2014
ހޯދާ