މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އަށް ކާޕެޓް ހޯދަން ބޭނުންވެއްޖެ.

މި ސަރވިސްގެ ދަށުން ހިންގަމުންދާ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އަށް ރަތްކުލައިގެ ސްޓޭޖް ކާޕެޓް ހޯދަން ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)167-PR/167/2022/12 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުން މަޢުލޫމާތުކަރުދާހާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު މަޢުލޫމާތު ކަރުދާސް ހިމެނިފައިވާނެއެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށައެޅުން

31 މާރިޗު  2022

ބުރާސްފަތި

11:30

22 މާރިޗު 2022
ހޯދާ