ދިވެހިރާއްޖެ
އިޢުލާން
ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ އިމަރޖެންސީ މެޑިކަލް ސަރވިސަސްގެ އޮފީސް އިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 މާރިޗު 2022 އަންގާރަ ދުވަހުން ފެށިގެން 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހު މެންދުރު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.
19 ޝައުބާން 1443
