ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށް ވާއިޒުންގެ އެހީތެރިން ހޯދުން
ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތު ހިފެހެއްޓުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މާލޭއާއި އަތޮޅުތަކުގައި މި މިނިސްޓްރީގެ ފަރާތުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި މަސައްކަތްކުރާ ވާއިޡުންގެ އެހީތެރިންގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.
ބޭނުންވާ އަދަދު: 04
މަސައްކަތުގެ މުއްދަތު: 01 އަހަރު
ފެންވަރު ނުވަތަ ޝަރުޠު
ހ- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ޝަހާދާ ޘާނަވީ ނިންމާފައިވާ ނުވަތަ އޭލެވެލް ނުވަތަ ޖީ.ސީ.އީ އޯލެވެލް ނިންމާފައިވާ ފަރާތެއްކަމުގައިވުން ނުވަތަ ގްރޭޑް 7 ގެ ފެންވަރު ހުންނަ ފަރާތެއް ކަމުގައިވުން
ށ- ދީނީ ޕްރޮގްރާމްތައް ރާވައި ހިންގުމުގެ ތަޖުރިބާ ހުރި ފަރާތެއްކަމުގައިވުން.
ނ- ރިވެތި ގޮތުގައި މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވާ، ދިވެހިބަހުގެ އިތުރުން ޢަރަބި ނުވަތަ އިނގެރޭސި ބަހަށް ފަރިތަ ފަރާތެއްކަމުގައިވުން.
ރ- ގިނަ ވަގުތު ދަތުރުތަކުގައި އުޅެވޭ ފަދަ ރަނގަޅު ޞިއްޙަތެއްގައިވާ ފަރާތެއްކަމުގައިވުން.
ޒިންމާ ނުވަތަ މަސްއޫލިއްޔަތު
މި މިނިސްޓްރީން ކަނޑައަޅާ ރަށްތަކެއްގައި މި މިނިސްޓްރީން ރާވާ ތާވަލަކާ އެއްގޮތަށް ވާއިޡުންނާއެކު ރަށްރަށަށް ދަތުރުކޮށް ކަނޑައެޅިފައިވާ ޕްރޮގްރާމުތައް މި މިނިސްޓްރީއާ ގުޅިގެން ރާވައި ހިންގުން.
ޢިނާޔަތާއި އެލަވަންސް
ހ- އަތޮޅުތަކަށް ވަޑައިގެން ހުންނަވާއިރު ހުރުމާއި، ކެއުމުގެ އެލަވަންސަށް ދުވާލަކަށް -/750 ރުފިޔާ އަދި އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ހޭދަވާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ ދެވޭނެއެވެ.
މަސައްކަތްކުރަންޖެހޭ ވަގުތާއި ތަން
މަސައްކަތްކުރަންޖެހޭނީ މާލެއާއި، އަތޮޅުތަކުގައި ދީނީ ޕްރޮގްރާމްތައް ހިންގުމަށް މި މިނިސްޓްރީން ރާވާ ތާވަލާކާ އެއްގޮތަށް މާލެއާއި، އަތޮޅުތެރޭގައެވެ.
ވީމާ، މި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުން 4 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ސީ.ވީ އަދި އައިޑެންޓިޓީ ކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުން އެދެމެވެ.
05 ޛުލްޤަޢިދާ 1435