ދިވެހިރާއްޖެ
މިކޯޓުގެ ފެންވައިރިންގ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން
މިކޯޓުގެ ފެންވައިރިންގ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު 2022/20/(IUL)P2C އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އެސްޓިމޭޓުތައް އަގުބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލްކޮށް ތިރީގައިވާ މައުލޫމާތާއި އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 29 މާރިޗް 2022 ވަނަ ދުވަހު 12:30ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން ނުވަތަ މިކޯޓުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްގެން ބޭނުންފުޅުވާ މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު ހަމަ އެދުވަހުގެ (29 މާރިޗް 2022) 13:00 އަށް މިކޯޓަށް ޙާޟިރުވެ އެސްޓިމޭޓު ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.