ދިވެހިރާއްޖެ
ނަންބަރ: 241-B/241/2022/1
ޢިޢުލާން
އައުޓްބޯޑް 2 އިންޖީނާއި 2 ހަލްބޮޑީ ސިޓީލާ ނީލަމުގައި ވިއްކާލުން
މިއިދާރާގެ އޯކިޑް ލޯންޗާއި ލިލީ ލޯންޗުގައި ބޭނުންކުރި މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި
ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ އަގު ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
|
ތަކެތީގެ ތަފްޞީލް |
ރޭޓް |
ނީލަން ފެށޭއަގު |
2 |
އައުޓްބޯޑް އިންޖީން ޔަމަހާ ފޯ ސްޓްރޯކް |
1000.00 |
2000.00 |
2 |
ހަލްބޮޑީ ޔަމަހާ ފޯ ސްޓްރޯކް |
5000.00 |
10000.00 |
ވީމާ ، މި ތަކެތި ސިޓީލާ ނީލަމުގައި ގަންނަންބޭނުންވާ ފަރާތްތަކުން 23 މާރޗް 2022 އިން ފެށިގެން 31 މާރޗް 2022 ގެ ނިޔަލަށް އަގު ހުށަހެޅުއްވުން އެދެމެވެ. އެދުވަހަކު ހުށަހެޅޭ އެންމެ މަތީއަގު އަތޮޅު ކައުންސިލްގެ ވެއިންޓިންގ އޭރިޔާގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. ޖެހިޖެހިގެން އެއްއަގެއް 3 ދުވަސް ވަންދެން އޮވެއްޖެނަމަ އެ އަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލެވެނޭއެވެ. އަގު ހުށަހަޅަންވާނީ ލިއުމުންނެވެ. ސިޓީލާ ނީލަމުގައި ގަންނަންބޭނުންވާ ތަކެތި ބެލުމުގެ އިންތިޒާމް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ހަމަޖައްސައިދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
19 ޝަޢުބާން 1443 ހ.
22 މާރޗް 2022 މ.