ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
- ގދ.ފިޔޯރީ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. އެގޮތުން ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ލޯގޯ ހުށަހެޅި ފަރާތަކަށް 4000.00 (ހަތަރުހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
- ލޯގޯ ފަރުމާ ކުރުމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 މާރޗު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯގެ ޑިޒައިންގ މިއިދާރާގެ ޕްރޮކިއުމެންޓް އީ-މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 24 މާރޗު 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ފޮނުވައި ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިއިދާރާގެ ފޯނު ނަންބަރު 7997075 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
12 މާރިޗު 2022
ހޯދާ