ދިވެހިރާއްޖެ
(IUL)38-CA/38/2022/ނަންބަރު: 91
އިޢުލާން
|
ވަޒީފާގެ ފުރުޞަތު |
|
|
މަޤާމް |
ޑެޕިއުޓީ ޑިރެކްޓަރ (އެމް.އެސް 4) |
|
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
|
ސެކްޝަން: |
ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން |
|
އަސާސީ މުސާރަ: |
މަހަކު -/7875 (ހަތްހާސް އަށްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) |
|
ސާރވިސް އެލަވަންސް: |
މަހަކު -/2000 (ދެހާސް ރުފިޔާ) |
|
ލިވިންގ އެލަވަންސް: |
މަހަކު -/4000 (ހަތަރުހާސް ރުފިޔާ) |
|
ޚާއްޞަ އެލަވަންސް: |
މަހަކު 75 /3543 (ތިންހާސް ފަސްސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ފަސް ލާރި) |
|
ވަޒީފާގެ ބާވަތް: |
ދާއިމީ |
|
މަސައްކަތުގެ ވަގުތު: |
އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން. |
|
ފެންވަރު ނުވަތަ ޝަރުޠު: |
|
|
|
|
މަސްއޫލިއްޔަތު: |
|
|
- ކޮމިޝަނަށް ހުށަހަޅާ ކަންކަމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ބަލާ ޖަވާބުދާރީވުން. - އިންތިޚާބުތަކާގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ޖަވާބުދާރީވުން. - ޤާނޫނީ ކަންކަމުގައި ކޮމިޝަނަށް ލަފާދިނުން. - ޤާނޫނީ ކަންކަމުގައި ޝަރުއީ ކޯޓުތަކުގައި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން. - އިންތިޚާބާއި ގުޅިގެން ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން. - ސިޔާސީ ޕާޓީތަކުގެ މުހިންމު ތަފްސީލުތަކަށް އަންނަ ބަދަލުތަކާއި ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުން. |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ. މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.
|
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
|
|
މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 އޭޕްރީލް 4 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލު ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަންގެ ރަސްމީ ވެބްސައިޓް www.elections.gov.mv އިން ލިބެން ހުންނާނެއެވެ. |
|
|
އިތުރު މަޢުލޫމާތު: |
|
|
- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ. - މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. - މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ. |
|
|
ޑެޕިއުޓީ ޑިރެކްޓަރ – އެމް.އެސް 4 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު |
|
|
ބައިތައް |
މާކްސް |
|
ތަޢުލީމާއި ތަމްރީނު |
40 |
|
މަސައްކަތު ތަޖުރިބާ |
15 |
|
އިންޓަވިޔު |
35 |
|
ޢަމަލީ ޓެސްޓު |
10 |
|
ޖުމުލަ |
100 |
ޝޯޓްލިސްޓު ކުރެވޭގޮތް:
- ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަމަލީ ޓެސްޓު ދިނުމަށްފަހު، އެ ޓެސްޓުން %50 އިން މަތި ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)
- މެނޭޖީރިއަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
- ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
