ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ
                                ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާންއާ އެޓޭޗް ކުރެވިފައިވާނެއެވެ.
| 
 މަޤާމު  | 
 ޕްރޮޖެކްޓް އޮފިސަރ  | 
| 
 ބޭނުންވާ އަދަދު  | 
 01  | 
| 
 ކުރިމަތިލުމުގެ ސުންގަޑި  | 
 30 މާރިޗް 2022 ބުދަ ދުވަހުގެ 16:00  | 
ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.
https://forms.gle/htEmRT1g8Hws3zYM8
ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
ވަޒީފާއަށް އެދޭ ފޯމު
- ސީވީ
 - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 - އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
 - ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
 
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.
             21 މާރިޗު 2022
            
        
                    ހޯދާ  
                
                