ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބީސީސީގެ ފަރާތުން ބާއްވާ އެސްއެމްއީ ފުޑް އިވެންޓް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ (ބީސީސީ) ފަރާތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިގެން ބާއްވާ 'އެސްއެމްއީ ފުޑް އިވެންޓް' 25 މާރިޗް ވާ ހުކުރުދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އަދި އިވެންޓްގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 4:00 ކުން 6:00 އަށް އަދި ރޭގަނޑު 8:00 ކުން 10:00 އަށެވެ.

އެސްއެމްއީ ފުޑް އިވެންޓް އަކީ އާންމުނަށް ހިލޭ ވަދެވޭގޮތަށް ބޭއްވޭ އިވެންޓް އެކެވެ. އަދި މި އިވެންޓްގައި ހޯމް މޭޑް ނުވަތަ އަމިއްލައަށް ތައްޔާރު ކޮށްފައިވާ ކާބޯތަކެތި ވިއްކުމުގެ ފުރުސަތު ވަނީ ބައިވެރިވާ ފަރާތްތަކަށް ހުޅުވާލައިފައެވެ.

އެސްއެމްއީ ފުޑް އިވެންޓް ގައި ބައިވެރިވުމުގެ ޝައުގުވެރިކަންހުރި ފަރާތްތައް ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުއްވާ ހުށަހެޅުއްވުން އެދެމެވެ. ބައިވެރި ވުމުގެ ފުރުސަތު ދެވޭނީ ފޯމް ލިބޭ ތަރުތީބުންނެވެ. ރެޖިސްޓްރޭޝަން 24 މާރިޗް 2022ގެ މެންދުރު 1200ގެ ނިޔަލަށް ހުޅުވިފައިވާނެއެވެ.

ލިންކް: https://forms.office.com/r/KQfQgDqpms

21 މާރިޗު 2022
ހޯދާ