ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންހެނުންގެ ޙާއްސަ ޑޮކްޓަރު ހަފްތާއަކު 3 ދުވަހު، އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި ޚިދުމަތް ދިނުމުގެ އިންތިޒާމުގެ ތެރޭގައި ހިމެނޭ، ދަތުރުފަތުރުގެ ޚިދުމަތާއި، ހުރުމާއި އަދި ކެއުމުގެ ޚިދުމަތް 01 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

(IUL)HAAH/HAAH/2022/8 :ނަންބަރު 

 

            ހއ.އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙި މަރުކަޒުގައި އަންހެނުންގެ ޙާއްސަ ޑޮކްޓަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ހއ.ހޯރަފުށީ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރައްވާ އަންހެނުންގެ ޙާއްސަ ޑޮކްޓަރު ހަފްތާއަކު 3 ދުވަހު، އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި ޚިދުމަތް ދިނުމުގެ އިންތިޒާމުގެ ތެރޭގައި ހިމެނޭ، ދަތުރުފަތުރުގެ ޚިދުމަތާއި، ހުރުމާއި އަދި ކެއުމުގެ ޚިދުމަތް 01 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

         ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 މާރޗް 2022 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ.

 

       މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް  ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ.

 

          މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] މެއިލަށެވެ.

 

21 މާރިޗު 2022
ހޯދާ