ދިވެހިރާއްޖެ
އިމްޕޯޓް ޝިޕްމަންޓްތަކުގެ ޑެމަރޭޖް ސްޓޯރޭޖް ފީއާއި ގުޅޭ
މި ކުންފުނީގެ ކާގޯ ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އިމްޕޯޓް ސްޓޯރޭޖް ފީ ނެގުމުގައި "ޕާޓް ޝިޕްމަންޓް" އަދި "ލެޓަރ އޮފް ކްރެޑިޓް" ގެ ދަށުން އެތެރެކުރެވޭ ޝިޕްމަންޓް ތަކުން ޑެމަރޭޖް ސްޓޯރޭޖް ފީ ނެގުމުގައި މިހާރު ޢަމަލު ކުރަމުންދާ އުސޫލަށް ބަދަލުގެނެއުމަށް ވަނީ ހަމަޖެހިފައެވެ.
01 މެއި 2022 ވަނަ ދުވަހުގެ 00:01 އިން ފެށިގެން އާ އުޞޫލާއި އެއްގޮތަށް "ފުލް ޝިޕްމަންޓް" ތަކާއި "ޕާޓް ޝިޕްމަންޓް" އަދި "ލެޓަރ އޮފް ކްރެޑިޓް" ގެ ދަށުން އެތެރެކުރާ ޝިޕްމަންޓްތަކަށް، މިހާރުވެސް ކަނޑައަޅާފައިވާ، ތިރީގައި ދެންނެވިފައިވާ ޑެމަރޭޖް ސްޓޯރޭޖް ފީ ނަގަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.
ޑެމަރޭޖް ސްޓޯރޭޖް ފީ
ހިލޭ |
ޝެޑިއުލްޑް ޓައިމްއޮފް އެރައިވަލްއިން ފެށިގެން ފުރަތަމަ 80 ގަޑި އިރާހަމައަށް |
2.30 ރ |
ފުރަތަމަ 80 ގަޑިއިރަށް ފަހު 04 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް (ދުވާލެއްގެ މައްޗަށް ކިލޯ އަކަށް) |
3.45 ރ |
11-20 ދުވަސް (ދުވާލެއްގެ މައްޗަށް ކިލޯ އަކަށް) |
5.75 ރ |
21-30 ދުވަސް (ދުވާލެއްގެ މައްޗަށް ކިލޯ އަކަށް) |
30 ވަނަ ދުވަހުގެ ފަހުން މުދާ ނައްތާލުމުގެ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. އެފަދަ ހާލަތުގައި ލިބޭ އެއްވެސް ގެއްލުމަކަށް މިކުންފުނިން ޒިންމާއެއް ނުވާނެއެވެ. |
|
30.00 ރ |
މަދުވެގެން ނެގޭ ފީ (ޑެމަރޭޖް ފީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ އަގު 30ރ އަށްވުރެ ދަށްކަމުގައި ވާނަމަ) |
މި ފުރުސަތުގައި، އަޅުގަނޑުމެންގެ ކަސްޓަމަރުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވާ، ޝިޕްމަންޓްތަކުގެ ޑެމެރޭޖް ސްޓޯރޭޖް ފީ އަށް ސަމާލުކަން ދެއްވައިގެން ޝިޕްމަންޓްތައް ކުލިއަރ ކުރުމަށް އިލްތިމާސް ކުރަމެވެ.