ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކުރިވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް، ޝަރުތުހަމަވާ ފަރާތްތަކުން، 2021 މާރިޗު 24 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected] އަށް މެއިލް ނުވަތަ 6820017 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ މި ކައުންސިލަށް ރަސްމީގަޑީގައި ޙާޝިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތުގެ ތަފްސީލު ހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. މިމަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ނަމައި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެއެވެ. އަދި މިމަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުޢޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުން |
05 އެޕްރީލް 2022 |
އަންގާރަ ދުވަހުގެ 13:00 |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- މި ކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6820017 އަށް ގުޅުއްވުން އެދެމެވެ.
- ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.