ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމް ކުރުމް

ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމް ކުރުމަށް އެދި

        މި ކައުންސިލްގެ އިއުލާން ނަންބަރ (IUL)397-AS/397/2022/6 (25 ޖެނުއަރީ 2022) އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ބިޑްތައް ހުށަހެޅިފައި ނުވާތީ، ލ. މާބައިދޫގައި ޤާއިމްކުރާ 25 ޓަނުގެ)50 ޓަނުގެ ސްޓޯރޭޖާއެކު( އައިސްޕްލާންޓްގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

        ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

1 މި މަޝްރޫޢު ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

2 މި މަޝްރޫޢު ބެހޭ އެންމެހައި ލިޔެކިޔުންތައް 25 ޖަނަވަރީ 2022 އިން ފެށިގެން ހައްދުންމަތީ މާބައިދޫ މާބައިދޫ ކައުންސިލް އިދާރާގެ ވެބްސައިޓުން www.maabaidhoo.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ހައްދުންމަތީ މާބައިދޫ ކައުންސިލް އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

3 ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަށް ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީއާއިބެހޭ އިތުރު މަޢުލޫމާތު، "ބީލަމާބެހޭ މަޢުލޫމާތު ކަރުދާހު"ގައި ވާނެއެވެ.

4 މި މަޝްރޫޢު ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީވުމަށް 30 މާރޗް 2022 ގެ 13:00 ގެ ކުރިން ބީލަން ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމް[email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

5 މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 އެޕްރީލް 07 ވަނަ ދުވަހުގެ 13:00 ގައި ބީލަން ހުށަހެޅުވުން އެދެމެވެ. ބީލަން ބަލައިގަތުން އޮންނާނީ ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.

6 ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެވެ.

ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ

ފޯން ނަންބަރު : 6800884

އީމެއިލް: [email protected]

8 ޕްރޮޖެކްޓްތަކާއި ގުޅޭ މަޢުލޫމާތު، އެގޮތުން، ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް، ބީލަން ޝީޓް އަދި ބީލަމުގެ ޖަދުވަލުތައް މި ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

        18 ޝައުބާން 1433

        21 މާރޗް 2022

21 މާރިޗު 2022
ހޯދާ