މަސައްކަތް ކުރަންޖެހޭތަން
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް
|
ޑިޕާޓްމަންޓް
|
ކޯޕަރޭޓް ސާރވިސަސް
|
އަސާސީ މުސާރަ
|
-/4000ރ (ހަތަރު ހާސް) ރުފިޔާ
|
ސަރވިސް އެލަވަންސް
|
163/33ރ. (ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތިރީސް ތިން ލާރި) ދުވާލަކަށް
|
ލިވިންގ އެލަވަންސް
|
-/1500ރ (އެއް ހާސް ފައް ސަތޭކަ) ރުފިޔާ
|
ސްޕެޝަލް އެލަވަންސް
|
-/2000ރ (ދެ ހާސް) ރުފިޔާ
|
ޕްރޮފެޝަނަލް އެލަވަންސް
|
ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/500ރ (ފައް ސަތޭކަ) ރުފިޔާ
|
އަސާސީ ޝަރުތު
|
- މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން އަދި
- އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
|
އެހެނިހެން ޝަރުތު
|
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން.
- ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
މަގާމުގެ މަސްއޫލިއްޔަތު
|
- އޮފީހަށް ބޭރުން ލިބޭ ތަކެތި ބަލައިގަނެ، އެންޓްރީކުރުމާއި، އޮފީހުން ބޭރަށް ފޮނުވަންޖެހޭ ތަކެތި އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ޖެމްސްގެ ޑިސްޕެޗް ޔޫޒަރގެ ހައިސިއްޔަތުން އޮފީހުން ފޮނުވަންޖެހޭ ލިޔެކިޔުންތަކަށް ނަންބަރު ނެގުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި، ލިޔެކިޔުމާއި، މަޢުލޫމާތު ހޯދަންޖެހޭ ހާލަތުގައި ހޯދާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ޑޮކިއުމަންޓް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް އެކިމުވައްޒަފުންނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެސައިންކޮށް، ލިޔެކިޔުން، ސްޓޭޓަސް އަދި މަޢުލޫމާތު ހޯދަންޖެހޭ ހާލަތުގައި ހޯދާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- އޮފީހަށް އަންނަ ލިޔެކިއުންތަކާއި، އޮފީހުން ބޭރަށް ފޮނުވާ ލިޔެކިއުންތަކުގެ ތެރެއިން ފައިލްކޮށް ބަލަހައްޓަންޖެހޭ ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުމާއި، އެކިފަރާތްތަކުން އެދިގެން ހޯދަންޖެހޭ ލިޔެކިޔުންތަކުގެ ކޮޕީ، އެބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- އޮފީހުގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމާއި، ފޯނުކޯލު ނުވަތަ މައުލޫމާތު ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން.
- އޮފީހަށް އަންނަ މެހެމާނުން ބަލައިގަނެ، ބައްދަލުކުރަން އަންނަ ފަރާތާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ކީ މެނޭޖްމެންޓް ސިސްޓަމް އިން އެސައިންކޮށްފައިވާ އުސޫލުގެ މަތިން އޮފީސް ހުޅުވައި ލެއްޕުމާއި، މަސައްކަތު ދުވަސް ފެށުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތަކާއި، އޮފީސް ބަންދުކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުން.
- ޔުނިޓުގެ މުވައްޒަފެއް އޮފީހުގައި ނެތްހާލަތެއްގައި އެމުވައްޒަފެއްގެ މަސައްކަތް (އެމުވައްޒަފުގެ / އިމީޑިއެޓް ސުޕަވައިޒަރގެ އިރުޝާދާއި އެއްގޮތަށް) ކުރުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
6. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
އެހެނިހެން
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި
|
30 މާރިޗް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348275 ނަންބަރު ފޯނަށެވެ.
|