ދިވެހިރާއްޖެ
އިޢުލާން
މިކުންފުންޏަށް ސްޕެޝަލް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދަން ކުރިން ކުރެވިފައިވާ އިޢުލާން ނަންބަރު: IUMH-AD/I/2022/25 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ކުރީގެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތަށް ބޭނުންވަނީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމެކެވެ. ވޭތުވެދިޔަތާގައި މިކުންފުނީގެ އޮޑިޓް ކޮށްދީފައިވާ ފަރާތްތަކަށް މިފުރުސަތު ނުލިބޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 27 މަރޗް 2022 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނީ 04 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 13:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިންނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 14:00–09:00 ދެމެދު 3001885 ނަންބަރަށް ގުޅުއްވުން އެދެމެވެ.
21 މަރޗް 2022