މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ކިނޮޅަހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތި ލުމަށް ހުޅުވާލުން

ރ.ކިނޮޅަހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތި ލުމަށް ހުޅުވާލުން

މިކައުންސިލްގެ ނަމްބަރ (IUL)312-MS/312/2022/18 (10 މާރިޗް 2022) އިއުލާނައި ގުޅިގެން މިކައުންސިލުން އެކުލަވާލުމަށް ބޭނުންވާ ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީގެ މެމްބަރުކަށް އާއްމުންގެ ތެރެއިން ކުރިމަތިލުމަށް ދެވުނު ފުރުސަތުގައި ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެހެންކަމުން މިކަމަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

އިންތިހާބު ކުރޭ އަދަދު: 02 (ދޭއް)

ޝަރުތު:

1- އުމުރުން 18 އަހަރު ފުރިފައިވުން.

2- ރ.ކިނޮޅަހުގެ ރަށްވެއްސެއް ކަމުގައިވުން.

އާއްމު މެމްބަރުން އިންތިހާބުކުރެވޭނެގޮތް:

(ހ) ރ.ކިނޮޅަހު ރައްވެހިންގެ ތެރެއިން ކޮމެޓީއަށް އިންތިހާބުކުރެވޭނީ 2 މެންބަރުންނެވެ.

(ށ) މެންބަރު ކަމަށް އެދި 2 ކެންޑިޑޭޓައްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތި ނުލާނަމަ، އަލުން އިއުލާންކޮށް 2 ކެނޑިޑޭޓުންނަށްވުރެ ގިނަ ކެނޑިޑޭޓުން ހޯދުމަށް މަސައްކަތް ކުރަންވާނެއެވެ.

(ނ) 2 ކެނޑިޑޭޓަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލައިފިނަމަ، 2 މެންބަރުން ހޮވުމަށްޓަކައި ކުރިމަތި ލާފައިވާ ކެންޑިޑޭޓުންގެ މެދުގައި ވޯޓްނަގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ އަދަދަށް މެންބަރުން އިންތިހާބު ކުރާނީ، ރ.ކިނޮޅަހު ކައުންސިލްގެ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

(ބ) ވޯޓް ނެގުމުގެ އިދާރީ އެންމެހާ ކަންކަން ބަލަހައްޓާނީ ކައުންސިލް އިދާރާއިންނެވެ.

މަތީގައި ބަޔާންކުރެވުނު ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިކަމަށް ޝައުޤުވުރިވާ ފަރާތްތަކުން މި ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ރ.ކިނޮޅަހު ކައުންސިލްއަށް އެޑްރެސް ކުރައްވާ 28 މާރިޗް 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ސިޓީ ފޮނުއްވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 މާރިޗު 2022
ހޯދާ