ދިވެހިރާއްޖެ
އިޢުލާން
ރ.ދުވާފަރު 35.03 ނަމްބަރުގޭ ރ. ކަނދޮޅުދޫ ބިޖިލީގެ އަލްފާޟިލް ޢަބްދުﷲ ނާޝިދު އާއި ރ.ކަނދޮޅުދޫ ބީޗުގެ އަލްފާޟިލާ ފާޠިމަތު މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2022 މާރޗް 29 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.
މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 35.03 ނަމްބަރުގޭ ރ.ކަނދޮޅުދޫ ބިޖިލީގެ އަލްފާޟިލް ޢަބްދުﷲ ނާޝިދު އާއި ރ.ކަނދޮޅުދޫ ބީޗުގެ އަލްފާޟިލާ ފާޠިމަތު މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
17 ޝަޢުބާން 1443
21 މާރޗް 2022