ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ނީލަން ކިޔުން

   އަލަށް ގޯތި ދޫކޮށްފައިވާ ޞަރަޙައްދުގެ މަގުތަކާއި ހުސްބިންތަކުން ކަނޑާފައިވާ ރުއްގަހުގެ ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި

ނީލަން އޮންނަ ދުވަސް:

24 މާރިޗް 2022 ބުރާސްފަތި

ގަޑި/ ތަން:

ހެނދުނު : 08:30 ޕްރީސްކޫލް ކައިރި

   މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.

   ނީލަމުން ނަންގަވާ ރުއް 2 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. 2 ދުވަހުގެ ތެރޭގައި ނުގެންދަވާ ރުއްގަސް ބޭނުންނެތީކަމުގައި ބަލައި އުކައިލެވޭނެއެވެ.

   މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 މާރިޗު 2022
ހޯދާ