ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ޗާންދަނީ މަގުގައި ހުންނަ އެލައިޑް ބިލްޑިންގގައި ހުޅުވުމަށް ނިންމާފައިވާ "އެސްއެމްއީ ހަބް"ގައި އެކި ދާއިރާތަކުގެ ހުނަރުވެރިންނަށް ޕަރފޯމް ކުރުމުގެ ފުރުސަތު ހުޅުވާލުން
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މިއަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމާފައިވާ "އެސްއެމްއީ ހަބް"ގައި އެކި ދާއިރާތަކުގެ ހުނަރުވެރިންނަށް ޕަރފޯމް ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ބީސީސީއިން މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު އެއް މަގުސަދަކީ އެކި ދާއިރާތަކުން ތަފާތު ހުނަރުވެރިންނަށް މާކެޓް އެކްސެސް ހޯދައިދީ، އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.
ޗާންދަނީ މަގުގައި ހުންނަ އެލައިޑް ބިލްޑިންގގައި ހުޅުވުމަށް ނިންމާފައިވާ މި ހަބުގެ ގްރައުންޑް ފްލޯގައި ޕަރފޯމަންސް އަށް ޚާއްސަ އޭރިއާއެއް ވާނީ ކަނޑައެޅިފައެވެ. މި އޭރިއާގައި ލަވަ ކިޔުންތެރިންނާއި ތަފާތު މިއުޒިކް އިންސްޓްރުމަންޓްތައް ކުޅޭ ފަރާތްތަކަށާއި މެޖީޝިއަނުން ފަދަ ތަފާތު އާރޓިސްޓުންނަށް ޕަރފޯމް ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ހަބުގައި ޕަރފޯމް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރައްވައި، ހަބުގެ ހިދުމަތްތައް ބައްޓަންކުރައްވަން ބޭނުންފުޅުވާ ގޮތާއި ގުޅޭ ގޮތުން ހިޔާލު ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 3305555 ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ކުރުމުގެ ސުން ގަޑިއަކީ 2022 ވަނަ އަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/fQB8X24jmq