އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީގައި 2 ގުދަން ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: ASND/PRC/IUL/2022/0023


މި ކުންފުނީގެ ބޭނުމަށް ތިލަފުށީގައި 3 ގުދަން ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު ASND/PRC/IUL/2022/0013 އާއި ގުޅިގެން ދެވިފައިވާ މާޢުލޫމާތަށް ބައެއް ބަދަލު ގެނެވިފައިވާތީ، އެ އިޢުލާން ބާތިލްކޮށް 2 ގުދަން ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.

މި މަސައްކަތަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 21 މާރޗް 2022 އިން 27 މާރޗް 2022 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 15:00 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވިރިކޮށް ފޮނުވޭނެއެވެ. އިޢްލާން ނަންބަރު ASND/PRC/IUL/2022/0013 އާ ގުޅިގެން ބިޑް ގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ގަންނާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތަކުން މިބީލަމަށް ކުރިމަތިލާން ބޭނުންވާނަމަ 27 މާރޗް 2022 ގެ  15:00 ގެ ކުރިން [email protected] އަށް އީމެއިލްމެދުވެރިކޮށް ރެޖިސްޓަރ ކުރަންވާނެއެވެ.

ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/32،000ރ، (ބައްތިރީސްހާސް ރުފިޔާ) ބިޑާއެކު ހުށަހަޅަންވާނެއެވެ. އަދި ބިޑް ކާމިޔާބު ކުރާ ފަރާތުން ޕާފޯމެންސް ގެރެންޓީއެއްގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ 2% އަށްވާ އަދަދު މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ.

މި މަސައްކަތާ ގުޅޭ ޕްރީ ބިޑް މީޓިންގ 29 މާރޗް 2022 ވާ  އަންގާރަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ.

4 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި އަންދާޒީ ހިސާބު ހުށަހެޅުއްވުން މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

20 މާރޗް 2022

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011483      

20 މާރިޗު 2022
ހޯދާ