ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ މަސްޖިދުލް އިނާރާގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

ފުވައްމުލަކު ސިޓީ މަސްޖިދުލް އިނާރާ ފުރާޅުގެ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

މަސައްކަތުގެ ތަފްސީލް

-  މަސްޖިދުލް އިނާރާގެ ފުރާޅުން ފެން ލީކުވާތީ މި މައްސަލަ ހައްލުކުރުމަށް، ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރުން.

 

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 21 މާރިޗް 2022 އިން 28 މާރިޗް 2022 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 21 މާރިޗް 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 28 މާރިޗް 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 28 މާރިޗް 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 30 މާރިޗް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

20 މާރިޗު 2021
ހޯދާ