ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސުޕަވައިޒަރ

ސުޕަވައިޒަރ
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް

ވަޒީފާއަދާކުރަންޖެހޭ ތަން: ގުޅީފަޅު

ތައުލީމީ ފެންވަރާއި ތަޖުރިބާ:
ގްރޭޑް 10 ނިންމާފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަނުން ކުރާ އެންމެހައި މަސައްކަތްތައް ސުޕްވައިޒުކޮށް މޮނިޓަރކޮށް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
• ސުޕަވައިޒަރުގެ ލަފާޔާއި އެއްގޮތްވާގޮތުގެ މަތިން ގުޅީފަޅުގެ އެންމެހާ އޮޕަރޭޝަންތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.
• ސެކްޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްސްތަކާއި ޓީ-ޖެޓީގެ އޮޕަރޭޝަނަލް މަސައްކަތްތަކާއި ކުނިކަހާ ސާފުތާހިރުކުރުމުގެ މަސައްކަތައް ބެލެހެއްޓުން.
• މަސައްކަތައް މުވައްޒަފުން ކަނޑައަޅައި، ބޭނުންވާ ސާމާނާއި ޓޫލްސްފަދަ ތަކެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދުމާއި އަދި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.
• މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި މަސައްކަތްތައް ކުރިއަށްދިޔަގޮތުގެ ރިޕޯރޓް ސުޕަވައިޒަރަށް ނޫނީ ޝެކްޝަންގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން.
• މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ހައްލުކުރުމާއި އަދި މިފަދަ މައްސަލަތައް ސެކްޝަނުގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން.
• މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
• މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
• ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
• ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
• މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
• މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
• 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 13500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
..............................................................................................................................................................................................
ބޭނުންވާ ލިޔެކިޔުންތައް:
• އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
• އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
• ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
• ޕޮލިސް ރިޕޯޓް

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 27 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (https://jobs.hdc.com.mv)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

20 މާރިޗު 2022
ހޯދާ