މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ އެއަރކޮންޑިޝަނަރ ތަށް ސާރވިސްކޮށް ބެލެހެއްޓުން

ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 02 މާރިޗު 2022 ގައި ކުރި ނަމްބަރ  (IUL)236-IED/236/2022/10 އިޢުލާނާއި ގުޅިގެން އިޖާބަދީފައިވާ  ފަރާތްތަކުން ހުށަހަޅާފައިވާ ބިޑް ޑޮކިޔުމަންޓުތައް ފުރިހަމަނުވާތީ އެ އިޢުލާނު ބާޠިލު ކޮށް އަލުން އިޢުލާންކުރަމެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރަށްވާ ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

2022 މާރިޗު 28 ވަނަދުވަހުގެ 10:00 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައައުންސިލްގެ އިދާރާ 6720600 ފޯނަށް ގުޅުއްވާ ނުވަތަ https://forms.gle/iN27Qm65E8K5cr1o8 ފޯމް މެދުވެރިކޮށް ރަޖިސްޓްރީކުރުން

ޕްރީބިޑް މީޓިން

2022 މާރިޗު 29

( އަންގާރަ ) 11:00

މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ބީލަން ހުށަހެޅުން

2022 އެޕްރީލް 06

(ބުދަ) 11:00

މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ. 

20 މާރިޗު 2022
ހޯދާ