ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑައިލަސިސް ޔުނިޓަށް 20 ޓަނުގެ ރިވާސް އޮސްމޯސިސް ޑީސަލިނޭޝަން ޕްލާންޓެއް ހޮސްޕިޓަލުން ހުށަހަޅާ ލޭއައުޓާއި ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ސަޕްލައިކޮށްދިނުމާއެކު އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: URH/IUL/2014/15 އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް އިޖާބަދެއްވާފައިނުވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަލުން ބިޑުޑޮކިއުމެންޓް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އޮފީސް ނުވަތަ މިނިސްޓްރީ އޮފް ހެލްތުގެ 07 ވަނަ ފަންގިފިލާގައިވާ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އޮފީސް ނުވަތަ މިނިސްޓްރީ އޮފް ހެލްތްގެ 07 ވަނަ ފަންގިފިލާގައިވާ ކޮންފަރެންސް ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
06 ޛުލްޤަޢިދާ 1435