ދިވެހިރާއްޖެ
ހދ ހިރިމަރަދޫ ސިއްހީމަރުކަޒުގައި ގަރާޖަކާއި ސްޓޯރެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުން ވެގެން ކުރެވުނު ނަންބަރު (IUL)KRH-PLD/2022/16 28 (ފެބުރުވަރީ 2022) އިއުލާނާއި ގުޅިގެން ލިބިފައިވާ އަގު ބޮޑުވުމުން އެ އިއުލާނާއި، އެ އިއުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބު ބާތިލު ކޮށްފީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށް ފަހު 20 މާރިޗު 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 29 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ކޮޕީ ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ހޮސްޕިޓަލު މީޓިންގ ރޫމް އަދި ހިރިމަރަދޫ ސިއްހީމަރުކަޒު ގައެވެ.
- އަންދާސީ ހިސާބު ހުށަހެޅުން
04 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 10:30 ގައި
މި އިއުލާނާއި ގުޅޭ އެއްވެސް މައުލުމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 31 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.