ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމު:

އެމް.އެސް 3

ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

ފައިނޭންޝަލް މެނޭޖްމެންޓް

ޑިވިޜަން:

-/7035 ރުފިޔާ

މުސާރަ:

-/2000 ރުފިޔާ

ސަރވިސް އެލެވަންސް:

-/4000 ރުފިޔާ

ލިވިންގ އެލަވަންސް

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: 2462/25 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޯވަރޓައިމް އެލަވަންސް:

01

ބޭނުންވާ އަދަދު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. ކޮމިޝަނުގެ އިދާރާގެ ފައިނޭންޝަލް މެނޭޖްމެންޓް ޔުނިޓުގެ މުވައްޒަފުންނާ ބެހޭ ކަންތައްތައް ރާވައި، ހިންގައި، މޮނިޓަރކޮށް ބެލެހެއްޓުން.
  2. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކޮމިޝަނުގެ އިދާރާގެ ފައިސާއާބެހޭ އެންމެހާ ކަންތައްތައް ޒިންމާދާރުވުމާއެކު ކުރުމާއި، ކުރުވުމާއި، ހިންގަމުން ގެންދިއުން.
  3. ކޮމިޝަނުގެ އިދާރާގެ އަހަރީ ބަޖެޓް، ސެކްޝަނުތަކާއި ގުޅިގެން ތައްޔާރު ކުރުމާއި ބެލެހެއްޓުން.
  4. ކޮމިޝަނުގެ އިދާރީއިން ކުރާ އެންމެހާ ޚަރަދުތައް ބެލެހެއްޓުމާއި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުން.
  5. ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ ސްޓޭޝަނަރީޒް، ކޮންސިއުމަބްލްސް އަދި އެސެޓް ފަދަ ތަކެތި ހޯދުމާއި، ބިޑްކޮށްގެން ހޯދަންޖެހޭ ތަކެތި ނުވަތަ ޚިދުމަތްތައް ކަނޑައެޅިފައިވާ އުސޫލުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެގްރިމަންޓް ހަދަންޖެހޭ ބާވަތުގެ ކަންކަމުގައި އެގްރިމެންޓް ހެދުމާއި އެގްރިމަންޓާ އެއްގޮތަށް މަސައްކަތްދޭތޯ ބެލުމާއި، ނުދާނަމަ ކަނޑައެޅިފައިވާ ގޮތަށް ޖޫރިމަނާ ކުރުން ނުވަތަ އެގްރިމަންޓް ބާޠިލުކުރަން ޖެހިއްޖެ ހާލަތެއްގައި ސުޕަވައިޒަރުގެ ލަފަޔާއެކު އެކަން ކުރުން.
  6. ކޮމިޝަނުގެ އިދާރާގެ ބަޖެޓް، ފައިސާ އަދި ޚަރަދުތަކާ ބެހޭގޮތުން ކުރަންޖެހޭ މުޢާމަލާތް ކުރުމާއި ކޮމިޝަނުގެ އިސްވެރިންނަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި ލަފާއެރުވުން.
  7. ކޮމިޝަނުގެ އިދާރާއިން ބޭނުންކުރާ އަސާސީ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ގޮތުގެ މަތިން ހިނގާ ޚަރަދުތައް ކުޑަވާނެ ނިޒާމެއް ޤާއިމުކޮށް ބެލެހެއްޓުން.
  8. އެހީގެ ގޮތުގައި ކޮމިޝަނުގެ އިދާރާއަށް ލިބޭ ފައިސާގެ ބަޖެޓް ބެލެހެއްޓުން.
  9. މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވާލަންޖެހޭ ރިޕޯޓުތައް ގަވާއިދުން އެކުލަވާލުން.
  10. ކޮމިޝަނުގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ހަމަޖެއްސުމާއި ދަތުރު ފެށުމުގެ ކުރިން ބޭނުންވާ އެއަރ ޓިކެޓް އަދި އެލަވަންސްތައް ދަތުރުގެ ބައިވެރިންނަށް ދިނުމާއި ދަތުރު ނިންމުމަށްފަހު ބާކީ ހުންނަ ފައިސާ އަނބުރާ ޖަމާކުރުމާއި ދަތުރު ރިޕޯޓު ބައިވެރިންގެ ފަރާތުން ހޯދައި ފައިލްކުރުން.
  11. ކޮމިޝަނަރުންނާއި ކޮމިޝަނަރުންގެ ޑިޕެންޑެންޓުންގެ މެޑިކަލް އިންޝުއަރެންސް ހަމަޖެއްސުން.
  12. ކޮމިޝަންގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮޑިޓަރުންނަށް އެހީތެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %54)    

މަޤާމަށް މީހަކު ހޮވުމުގައި އިތުރަށް ބަލާނެ ކަންތައްތައް:

 

  1. ސަރުކާރުގެ ފައިސާއާބެހޭ މުޢާމަލާތު ކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރ "ސެޕް" އަށް އަހުލުވެރިވެފައިވުން.
  2. މާލިއްޔަތުގެ ޤާނޫނާއި ގަވާއިދު އަދި ފައިނޭންޝިއަލް އޮޑިޓްއާ ބެހޭ މަޢުލޫމާތު ލިބިފައިވުން.
  3. ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހޯއްދަވާފައިވުން.
  4. ނަޒާހަތްތެރިކަން.

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2014 ސެޕްޓެންބަރު 14 އާއި 2014 ސެޕްޓެންބަރު 25 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

01 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014
ހޯދާ