ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ
|
މަޤާމު:
|
އެމް.އެސް. 3
|
ރޭންކް:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ކްލެސިފިކޭޝަން:
|
ސިސްޓަމްސް މެނޭޖްމަންޓް
|
ޑިވިޜަން:
|
7035.00 ރުފިޔާ
|
މުސާރަ:
|
2000.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
4000.00 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
2462.25 ރުފިޔާ
|
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
އޯވަރޓައިމް އެލަވަންސް:
|
01
|
ބޭނުންވާ އަދަދު:
|
- ސޮފްޓްވެއަރ އިންޖީނިއަރިންގ، ކޮމްޕިއުޓަރ ސައެންސް، ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ސޮފްޓްވެއަރ އިންޖީނިއަރިންގ، ކޮމްޕިއުޓަރ ސައެންސް، ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ އެޕްލިކޭޝަން އަދި ޑޭޓާބޭސްގައި ޞައްޙަ މަޢުލޫމާތު ދެމެހެއްޓުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތައް ކަމަށްވާ ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އިސް މުވައްޒަފުންގެ ލަފާޔާއި އިރުޝާދުގެ މަތިން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނައުން.
- ސިވިލް ސަރވިސްގެ ގަވާއިދު ނުވަތަ ޤާނޫނަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން އެޕްލިކޭޝަން އަދި ޑޭޓާބޭސްއަށް ގެންނަންޖެހޭ ކުދި އަދި ބޮޑެތި ބަދަލުތައް ގެނެސް ޓެސްޓްކުރުން.
- އެޕްލިކޭޝަން އާއި ޑޭޓާބޭސް ޑިސެންޓްރަލައިޒް ކުރުމަށް ކުރެވޭ މަސައްކަތް ބެލެހެއްޓުން.
- ކޮމިޝަނުގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ އެހެނިހެން ސޮފްޓްވެއަރ އެޕްލިކޭޝަންތަކުގެ މަސައްކަތް ކުރުން.
- ކޮމިޝަނުގެ އެކި ކަންކަމަށް ބޭނުންވާނެ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ އެޕްލިކޭޝަން ފަރުމާކުރުން.
- މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއަރ ތަކުގެ ޑިޒައިން އަދި ސްޓްރަކްޗަރ އެންމެ އެކަށީގެންވާ މިންވަރަށް ދެނެގަތުމުގެ މަސައްކަތް ކުރުން.
- ސިސްޓަމް ފަރުމާކޮށް ޓެސްޓުކޮށް، އެކި ސްޓޭޖްތަކުގައި ސިސްޓަމް ޑޮކިއުމެންޓޭޝަން ތައްޔާރުކުރެވޭ ވަރުގެ ޤާބިލުކަން ހުރުން.
- ސަރުކާރުގެ މަސްއޫލު އޮފީސްތަކުންނާއި އެހެނިހެން ފަރާތްތަކުން ސިވިލް ސަރވިސް އާ ބެހޭގޮތުން ބޭނުންވާ ތަފާތު ބާވަތްތަކުގެ ތަފާސްހިސާބު ނެގުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ތަޢުލީމާއި ތަމްރީނު %38
- މަސައްކަތުގެ ތަޖުރިބާ %8
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %54
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގެ ކްރައިޓީރިއާ:
|
- PHP، ASP.NET، VB.NET، C#، ފަދަ ލެންގްއެޖް ބޭނުންކޮށްގެން ވެބް އެޕްލިކޭޝަންސް ފަރުމާކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ހުރުން.
- MSSQL Server، އަދި MySQL ފަދަ ޑޭޓާބޭސް ބޭނުންކުރުމުގެ ޤާބިލުކަން އަދި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- AJAX ޓެކްނޯލޮޖީ ފަދަ އާލާތްތައް ބޭނުންކޮށް މޮޑިއުލަރ ބޭސްޑް ޕްރޮގްރާމިންގ ކުރުމުގެ ތަޖުރިބާ ހުރުން.
- T-SQL ބޭނުންކޮށްގެން ޑޭޓާބޭސް ކުއެރީ ކުރުމުގެ ތަޖުރިބާ ހުރުން.
- ގްރެފިކް ޑިޒައިން ކުރުމާއި ޔޫޒަރ އިންޓަރފޭސް ފަރުމާކުރުމުގެ ހުނަރު ލިބިފައިވުން.
|
މަޤާމަށް މީހަކު ހޮވުމުގައި އިތުރަށް ބަލާނެ ކަންތައްތައް:
|
މި މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް، 2014 ސެޕްޓެންބަރު 14 އާއި 2014 ސެޕްޓެންބަރު 25 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
އިންޓަވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:
|
11 ސެޕްޓެންބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނަށް. (ވެލާނާގެ 12 ވަނަ ފަންގިފިލާ)
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދަކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|