ދިވެހިރާއްޖެ
2022 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 13 ފެބްރުއަރީ 2022 ގައި ކުރި ނަމްބަރ GS81/B/IUL/2022/08 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
2022 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗް 27 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2022 މާރިޗް 31 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ.
މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިއުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި "ސެކިޔުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6500247 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.