މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ:

          މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު: ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ސެކްޝަން: އެގްޒެކަޓިވް ބިއުރޯ

އަސާސީ މުސާރަ ރޭންޖް: 6600.00 ރ - 8470.00 ރ.

ސާރވިސް އެލަވަންސް: 2000.00 ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ/އެޑިއުކޭޝަނަލް އެލަވަންސް /ރިޓަޔަރމަންޓް ޕެންޝަން ސްކީމް/މެޑިކަލް އިންޝޫއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: އެގްޒެކަޓިވް ބިއުރޯ/އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު                     

- ބެޗްލަރސް ޑިގްރީ އިން މާސް ކޮމިއުނިކޭޝަން ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައި ވުމާއެކު މި ދާއިރާގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން، ނުވަތަ

- ޑިޕްލޮމާ އިން މާސް ކޮމިއުނިކޭޝަން ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައި ވުމާއެކު މި ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން.

- އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތު ކުރުމުގެ ހުނަރު އަދި މީޑިއާ ރިލީސާއި އާރޓިކަލްސްތައް ލިޔުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން މީގެ އިތުރުން އިންޓަރނެޓް އަދި ސޯޝަލް ނެޓްވާރކިންގެ ޕްލެޓްފޯމު ތަކަށް އަހުލުވެރިވެފައިވުން.

- ދިވެހިރާއްޖޭގެ މީޑިއާ އަދި މީޑިއާ ޕްރޮމޯޝަންސް ގެ މަޢުލޫމާތު ލިބިފައި ހުރުން އަދި މިކަންކަމަށް ޝައުޤުވެރިކަން ހުރުން.

- އޮފީސް މަސައްކަތް ކުރުމުގެ ހުނަރާއި ޑެޑްލައިނަށް ކަންކަން ނިންމައި އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ މީޑިއާ ރެޕްރެސެންޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން. ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލު ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެއެވެ. މި މަޤާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓުން ލިބިލައްވާނެއެވެ.

 

މަޤާމު: އެކައުންޓަންޓް

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާރޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ޢަސާސީ މުސާރަ: 6600.00ރ - 8470.00 ރ.

ސާރވިސް އެލަވަންސް: 2000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ/އެޑިއުކޭޝަން އެލަވަންސް/ސަރވިސް އެލަވަނަސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް/އެމް.ޓީ.ސީ.ސީ ޓަވަރ/އ

ޝަރުޠު:                     

- ޕްރޮފެޝަނަލް ކޮލިފިކޭޝަން؛ އޭސީސީއޭ, ސީޕީއޭ ނުވަތަ ސީއޭ/ މާސްޓަރސް އިން އެޕަލައިޑް އެކައުންޓިންގ ނުވަތަ ބެޗެލަރ އޮފް އެކައުންޓިންގ

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.  

- އެކައުންޓިންގގެ އުސޫލުތަކާއި މިންގަނޑުތަކާއި ފައިނޭންޝަލް މާރކެޓް އަދި ބޭންކިންގގެ ނިޒާމް ހިންގާ ގޮތުގެ މަޢުލޫމާތު ލިބިފައިވުމާއެކު އެފަދަ ނިޒާމުތައް ދިރާސާކުރުމުގެ ޤާބިލިއްޔަތުކަމާއި ހުނަރު ލިބިފައިވުން.

- އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާރޓްމަންޓުގެ ފައިނޭންޝަލް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ރިޕޯރޓިންގ، ފައިނޭންޝަލް  ރިކޯޑުތައް، އިންކަމް އާއި އެކްސްޕެންސްތަކުގެ ތަފްސީލު/އެކައުންޓިންގ ޑޮކިއުމަންޓްސް ބެލެހެއްޓުމާއި ކޮމްޕައިލްކުރުން.

 

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާރޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ޢަސާސީ މުސާރަ: 5220.00ރ - 5910.00 ރ.

ސާރވިސް އެލަވަންސް: 1500.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަން އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް/އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:

- ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރުމާއެކު މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 02 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

- އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން

- މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން

- އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :   ޑިޕާރޓްމަންޓުގެ އެންމެހާ އިދާރީ މަސައްކަތް ކުރުން އަދި މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.

 

މަޤާމު: ޑްރާފްޓް ޕާރސަން

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

ޑިޕާރޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ޢަސާސީ މުސާރަ: 5220.00ރ - 5910.00ރ.

ސާރވިސް އެލަވަންސް: 1500.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަން އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓް/އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:                     

- ޑިޕްލޮމާ އިން އާކިޓެކްޗަރ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކޮށްފައި ވުމާއެކު 1 - 2 އަހަރު މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.  

- ޓެކްނިކަލް ޕްލޭންސް، ބްލޫޕްރިންޓް، ކުރެހުން އަދި މޮޑެލްސް ހެދުމަށް ބޭނުންކުރާ ޓޫލްސް /ސޮފްޓްވެއަރތަކަށް އަހުލުވެރިވުން.

- އިންޖިނިއަރިންގ ޕްރެކްޓިކަލް އެޕްލިކޭޝަން /އާރކިޓެކްޗަރަލް ސައިންސް އާއި ޓެކްނޮލޮޖީ؛ އޮޓޯކޭޑް/3D  ވިޝުއަލައިޒޭޝަން އާއި ސޮފްޓްވެއަރތަކަށް ފަރިތަވުން.

- އެޑޯބް އެޕްލިކޭޝަންސް؛ ފޮޓޯޝޮޕް އަދި އިލަސްޓްރޭޓަރ އަށް ފަރިތަވުން.

- ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

- ރާއްޖެތެރޭގެ އެކި ވާރކް ސައިޓްތަކުގައި މަސައްކަތް ކުރެވޭނެ މީހަކު ކަމުގައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : އާރކިޓެކްޗަރަލް ކުރެހުން، ބިލްޑިންތަކުގެ ސްޓްރަކްޗަރަލް ކުރެހުން، ސިވިލް އިންޖިނިއަރިންގ ޕްރޮޖެކްޓުތަކަށް ބޭނުންވާ ޓޮޕޮގްރެފިކަލް މެޕްސްތައް ތައްޔާރުކުރުން.

 

މަޤާމު: އެސިސްޓަންޓް އެޗް.އާރު އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާރޓްމަންޓް: ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން – އެޗް.އާރު ސެކްޝަން

އަސާސީ މުސާރަ : 4400.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ / ރިޓަޔަރމަންޓް ޕެންޝަން ސްކީމް/ މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން/އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު                     

- ޖީ.ސީ.އީ އޯލެވެލް (03 މާއްދާއިން ފާސްވެފައިވުން)

- މި މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- އިނގިރޭސީ އަދި ދިވެހި ބަހުން މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

- ސައިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ބިދޭސީ މުވައްޒަފުންގެ ވިސާ ފީ އާއި އެހެނިހެން ލިޔެކިޔުންތައް ދުވަހުން ދުވަހަށް ކަމާބެހޭ އިދާރާތަކަށް ދެއްކުމަށް ދިޔުން. މީގެ އިތުރުން ވާރކްވިސާ ގެ އެކި އެޕްލިކޭޝަން އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހެޅުން. މުވައްޒަފުންގެ މެޑިކަލް ކަންކަމުގައި ހޮސްޕިޓަލްތަކަށް ދިޔުން. މުވައްޒަފުން އެއަރޕޯޓުން ބަލައިގަތުމާއި ފުރުވާލުމުގެ ކަންތަކުގައި އެއަރޕޯޓަށް ދިޔުން.

 

މަޤާމު: އެސިސްޓަންޓް ސޭލްސް އޮފިސަރ

ބޭނުންވާ އަދަދު: 01    

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ސޭލްސް އެންޑް މާރކެޓިންގް ޑިޕާރޓްމަންޓް

ޢަސާސީ މުސާރަ: 4400.00ރ. – 5370.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފައިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާރކެޓިންގް ޑިޕާރޓްމަންޓް/ހ.ސޯމިލް

ޝަރުޠު                     

- ޖީ.ސީ.އީ އޭލެވެލް އާއެކު 1 އަހަރު މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން ނުވަތަ

- ޖީ.ސީ.އީ އޯލެވެލް އާއެކު 2 އަހަރު މަސައްކަތުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ އަދި ޤާބިލުހުރި ފަރާތްތަކަށް އިސްކަންދެވޭނެ.      

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

- ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތް ކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާރޓްމަންޓުގެ ސޭލްސްގެ އެންމެހާ މަސައްކަތް ކުރުން؛ ކަސްޓަމަރުންނަށް ޕްރޮޑަކްޓުތަކުގެ މަޢުލޫމާތު ފޯރޮކޮށްދިނުން އަދި ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ލިބޭ ސޭލްސް ބެލެހެއްޓުން. 

 

މަޤާމު: ކޭޝިއަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާރޓްމަންޓް

އަސާސީ މުސާރަ: 4400.00 - 5370.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް :  އިތުރުގަޑީގެ ފާއިސާ / އެޑިއުކޭޝަން އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާކެޓިންގ ޑިޕާރޓްމަންޓް

ޝަރުޠު                     

- ޖީ.ސީ.އީ އޭލެވެލް އާއެކު މަސައްކަތުގެ ދާއިރާގައި މަދުވެގެން 01 އަހަރު ތަޖުރިބާ ލިބިފައިވުން

- ޖީ.ސީ.އީ އޯލެވެލް އިން (މަދުވެގެން 02 މާއްދާއިން ފާސްވެފައިވުމާއެކު ހިސާބު އަދި އެކައުންޓްސް މާއްދާއިން ފާސްވެފައިވުން)

- އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފައިސާ ބަލައިގަނެ، ޕެޓީކޭޝް ބަލަހައްޓައި، އަދި ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ތަފްސީލު ސިސްޓަމަށް އަޅައި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

 

މަޤާމު:ފޯރކްލިފްޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާރޓްމަންޓް

އަސާސީ މުސާރަ: 4400.00 - 5370.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : އިތުރުގަޑީގެ ފާއިސާ / އެޑިއުކޭޝަން އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާކެޓިންގ ޑިޕާރޓްމަންޓް/އެމްޓީ.ސީ.ސީ ސޯމިލް

ޝަރުޠު                    

- ފޯރކްލިފްޓް އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވުން.

- ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޓްރާންސްޕޯރޓުގެ ގަވާއިދާ އެއްގޮތަށް ޑިޕާރޓްމަންޓުގެ މުދާ އަރުވައި ބޭލުމުގެ މަސައްކަތުގައި ފޯރކްލިފްޓް އޮޕަރޭޓްކުރުން އަދި ވެހިކަލްގެ މެއިންޓެނަންސް މަސައްކަތް އަދި ސާފުކޮށް ވެހިކަލް ބެލެހެއްޓުން.

 

މަޤާމު: ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު: 04

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

މުސާރަ: 3850.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް،މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް- ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޝަރުޠު                     

- ގްރޭޑް 10 ގެ ފެންވަރު

- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ އަދި ޤާބިލުކަންހުރި ފަރާތްތަކަށް އިސްކަންދެވޭނެ.      

- ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ފެރީ ޓާރމިނަލް ތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އަދި މިފަދަ ތަންތަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެދެވޭ ގޮތަކަށް އެހީތެރިވުން.  

 

މަޤާމު: ކްރޫ

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 05

ޑިޕާރޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: 3850.00ރ.

ސަރވިސް އެލަވަންސް: 1000.00ރ

އެހެނިހެން އެލަވަންސް/އިނާޔަތް :  އިތުރުގަޑީގެ ފައިސާ، ޓްރިޕް އެލަވަންސް، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝޫރަންސް

މަސައްކަތް ކުރަންޖެހޭ ތަން: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް (ފެރީ /ލޯންޗްތަކުގައި)

ޝަރުޠު                     

- އަސާސީ ތަޢުލީމީ ފެންވަރު

- ފަތަންދަންނަ ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

- ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.   

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވާއިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެ އުޅަނދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

 

         ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

 

ފެކްސް ނަންބަރު: 3221 332

އީމެއިލް:[email protected]

28 އޮގަސްޓް 2014

28 އޮގަސްޓް 2014
ހޯދާ