ދިވެހިރާއްޖެ
ގއ.ނިލަންދޫ މެޖިސްޓުރޭޓް ކޯޓުގެ އިމާރާތްބޭރުގައި އާއި ވަށާ އިންފާރުގައި އަމިއްލަތަކެތީގައި ކުލަލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ރެޖިސްޓްރީވުން: 22 މާރިޗު 2022 ، 12:00 ގެ ކުރިން
- މިމައްސަކަތުގައި ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ރެޖިސްޓްރީ ކުރެއްވުމައްފަހު، 23 މާރިޗު 2022 ވަނަ ދުވަހުގެ 12:00 އަށް ގއ.ނިލަންދޫ މެޖިސްޓުރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 28 މާރިޗު 2022 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަސައްކަތުގައި ރެޖިސްޓަރ ނުވާ އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.