މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ މާލެ ސައިޓުގައި ހުރި ބޭނުންކުރެވި ހަލާކުވެފާވައި ވެހިކަލް ވިއްކުމަށް

އެމް.ޑަބްލިޔު.އެސް.ސީގެ މާލެ ސައިޓުގައި ހުރި ބޭނުންކުރެވި ހަލާކުވެފާވައި ވެހިކަލް ނީލަމުގެ އުސޫލުން ވިއްކާލުމަށް  ކުރެވުނު ނަންބަރު MWSC-F/3/ADV/2022/49 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަގެއް ލިބިފައިނުވާތީ، އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން 21 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 10:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ، މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑައެޅިފައިވާ ސުންގަޑި އަށް ވަޑައިގެން ނަން ނޯޓު ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިނީލަމުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 400,000.00 (ހަތަރު ލައްކަ) ރުފިޔާ އެވެ.

މިކަމާބެހޭ އިތުރު މަޢުލޫމަތު ހޯއްދެވުމަށް، 3323209 / 7960022 ނަންބަރުން، ސޭލްސް ހޮޓްލައިން އަށް ގުޅުއްވުން އެދެމެވެ.

 

ސޭލްސް ޑިޕާޓްމަންޓް

17 މާރިޗު 2022
ހޯދާ