މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ ރ. ދުވާފަރު ސައިޓުގައި ހުރި ބާ ދަގަނޑާއި އަދި އެހެނިހެން ތަކެތި ވިއްކާލުން

އެމް.ޑަބްލިޔު.އެސް.ސީގެ ރ. ދުވާފަރު ސައިޓުގައި ހުރި ބާ ދަގަނޑާއި އަދި އެހެނިހެން ތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް  ކުރެވުނު ނަންބަރު MWSC-F/3/ADV/2022/4 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެތަކެތި ތިންވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން 21 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 11:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ، މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑައެޅިފައިވާ ސުންގަޑި އަށް ވަޑައިގެން ނަން ނޯޓު ކޮށްފައިވާ ފަރާތްތަކަށެވެ.

މިކަމާބެހޭ އިތުރު މަޢުލޫމަތު ހޯއްދެވުމަށް، 3323209 / 9112737 ނަންބަރުން، ސޭލްސް ހޮޓްލައިން އަށް ގުޅުއްވުން އެދެމެވެ. 

ސޭލްސް ޑިޕާޓްމަންޓް

17 މާރިޗު 2022
ހޯދާ