ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު ކުނިމެނޭޖްކުރުމުގެ މަސައްކަތްކުރުމަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

IUL)244-ESMSMS/244/2022/10

އިޢުލާން

                  ހއ.ތުރާކުނު ކުނިމެނޭޖްކުރުމުގެ މަސައްކަތްކުރުމަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                  މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 17 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 28 މާރިޗް 2022 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected]  އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު، ރެޖިސްޓްރޭޝަން ޝީޓާއި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

                  ވީމާ، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ މީޓިންގ ހޯލްގައެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                  އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 28 މާރިޗް 2022 ވާ ހޯމަ ދުވަހު މެންދުރުފަހު 13:30 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

17 މާރިޗު 2022
ހޯދާ