ދިވެހިރާއްޖެ
ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް
- 07 ޑެސްކްޓޮޕް ސިސްޓަމް
- 08 ޑެސްކްޓޮޕް މޮނިޓަރ
- 07 ލެޕްޓޮޕް
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 މާރޗް 2022 އިން 27 މާރޗް 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ފޯރމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected] އަށް މެއިލް ކޮއްދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 28 މާރޗް 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 27 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.