ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ފުޓްސަލް ދަނޑު މަރާމާތްކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ

ގދ. ފިޔޯރީ ފުޓްސަލް ދަނޑު މަރާމާތްކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ     

ގދ.ފިޔޯރީ ފުޓްސަލް ދަނޑު މަރާމާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ، މިއިދާރާގެ ނަންބަރު (IUL)422/422/2022/7 އިޢުލާން ބާޠިލުކޮށް އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީކުރުމަށް 20 މާރޗް 2022 އިން 24 މާރޗް 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މިއިޢުލާނާއި ގުޅިގެން ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އަންދާސީ ހިސާބާއި ގުޅޭ ލިޔެކިއުންތައް އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 31 މާރޗް 2022 ވާ ބްރާސްފަތި ދުވަހުގެ ހެދުނު 10:30ގައި މިކައުންސިލް އިދާރާގެ މީޓިންގ ހޯލްލުގައެވެ.

މި ޕްރޮޖެކްޓާއި ބެހޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 22 މާރޗް 2022 ވާ އަންގާރަ ދުވަހު 12:30ގެ ކުރިން [email protected] އަށް އީ-މެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

މި ޕްރޮޖެކްޓަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރީ ތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް ހުޅުވުން ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

17 މާރިޗު 2022
ހޯދާ